ޗައިނާގައި މާފިޔާއަށް ނިސްބަތްވާ 11 މީހަކު މަރަން ހުކުމްކޮށްފިއެވެ.
ޗައިނާގެ ކޯޓަކުން ހުކުމް ކުރި 11 މީހުންނަކީ މާފިޔާ އާއިލާއަކަށް ނިސްބަތްވާ ނުރައްކާތެރި ބައެއް ކަމަށާއި އެމީހުންނަކީ މިޔަންމާގައި ސްކޭމް ސެންޓަރުތައް އޮޕަރޭޓު ކުރާ ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ މިންގ އާއިލާއަށް ނިސްބަތްވާ އެ 11 މީހުންގެ ތެރެއިން ގިނަ މީހުން ދިޔައީ ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން ކަމަށާއި އެމީހުންގެ މައްޗަށް ނުރައްކާތެރި ކުށްތައް ކުރިކަމަށް ސާބިތުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިޔަންމާގައި ސްކޭމް ސެންޓަރު ހަދައި ފުޅާ ދާއިރާއެއްގައި ސްކޭމް ކުރަނިކޮށް އެ ގައުމުން ވަނީ 2023 ވަނަ އަހަރު އެމީހުން ހައްޔަރުކޮށް ޗައިނާއާ ހަވާލުކޮށްފައެވެ.
އިއްޔެ ކުރިތަށްދިޔަ ކޯޓު އަޑުއެހުމުގައި 39 މީހަކަށް ހުކުމް ކުރިއިރު އޭގެ ތެރެއިން 11 މީހަކު މަރަން ހުކުމް ކޮށްފައިވެއެވެ. މީގެ އިތުރުން އެމީހުންގެ ތެރެއިން ފަސް މީހަކަށް ދެއަހަރު ފަހުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވާއިރު 11 މީހަކު ވަނީ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ބާކީ ތިބި މީހުން 24 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.
އޮފިޝަލުން ވަނީ މިޔަންމާގައި އެމީހުން ކުރިޔަށް ގެންދިޔަ ސްކޭމް ސެންޓަރުން 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ ސްކޭމް ހިންގާފައިވާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު