ތ. ގާދިއްފުށީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެެއްގައެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުالله ރާފިއު އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތްކުރުމާއި ފުރާޅާއި ދަވާދު ލުމުގެ މަސައްކަތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.
މި މަޝްރޫއުގެ އަގަކީ 5.34 މިލިއަން ރުފިޔާއެވެ. މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަސްތެރޭގައެވެ.
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް