އުރީދޫ މެދުވެރިކޮށް އައިފޯން 17 ގަތް މީހުންނަށް ފޯނުތައް ހަވާލުކޮށްފިއެވެ.
އެ މީހުންނަށް ފޯނު ހަވާލުކުރީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފޯނު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ކުރިން އުރީދޫ ހެޑް އޮފީހުގައި އާއްމުންނަށް ހުޅުވާލައިގެން ހާއްސަ މިޔުޒިކް ޝޯއެއް ވެސް ވަނީ ބާއްވައިފައެވެ.
އުރީދޫ މޯލްޑިވްސް އިން އެޕަލްގެ އެންމެ ފަހުގެ އައިފޯން ކަމުގައިވާ އައިފޯން 17، ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު އުރީދޫން ވަނީ މޫލީ މެދުވެރިކޮށް އައިފޯން އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލައިފައެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް