ތ. ގާދިއްފުށީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގާދިއްފުށީގައި އޭޓީއެމް ހިދުމަތް ފެށުމާއެކު ވަނީ އެ އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިމިފައެވެ،

ގާދިއްފުށީގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށް ފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފައެވެ.