ގައުމީ އެއާލައިން، މޯލްޑިވިއަނުން އަޒަރްބައިޖާން އެއާލައިނާއެކު އިންޓަނައިލް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއްބަސްވުމާއެކު އަޒަރްބައިޖާނާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަނުން ދަތުރުތައް ކުރާ ރާއްޖޭގެ 17 މަންޒިލަކަށް މާގިނަ ވަގުތު މަޑުނުކޮށް، ޝެޑިއުލްގެ ތެރެއިން ޑޮމެސްޓިކް ދަތުރުތައް ފަސޭހައިން ކުރެވޭނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އެ އެއްބަސްމުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެތެރޭގެ ދަތުރުތަކަށް މިހާރަށްވުރެ ފަސޭހަވާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ޑޮމެސްޓިކް އޮޕަރޭޝަނާއި އަޒަރްބައިޖާނުގެ އެއާލައިން ގުޅާލުމުން ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މީގެ ކުރިން މޯލްޑިވިއަނުން ވަނީ، އެމިރޭޓްސްއާއެކުވެސް އެފަދަ އެގްރީމެންޓެއްގައި ސޮއިކޮށް ހިދުމަތްދޭން ފަށައިފައެވެ.
އަލީ ޔާމިން
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އަދާލަތު ޕާޓީ
ހާރިޖީ ގުޅުން