މޯލްޑިވިއަނުން ދެކުނު ކޮރެއާއަށް ދަތުރުތައް ފަށަން ނިންމައި ސޭލްސް އޭޖެންޓުން ހޯދަން އިއުލާނުކޮށްފިއެވެ.

އައިލެންޑު އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓުންނަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ފޯމާއެކު ޝައުގުވެރިކަން ފާޅުކުރާ އީމެއިލް [email protected] އަށް އަދި [email protected] އަދި [email protected] އަށް އީމެއިލްކުރަންވަނީ އެދިފަ އެވެ. އީމެއިލް ފޮނުވުމުގެ އެންމެ ސުންގަޑިއަކީ 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ރޭ 23:59 (ދިވެހިރާއްޖޭގެ ގަޑިން GMT+5) އެވެ.

މޯލްޑިވިއަނުން ދެކުނު ކޮރެއާއަށް ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.