ރަށްރަށުގައި ފަށާފައިވާ އިމާރާތް ކުރުމުގެ މަޝްރޫއުތައް ހުއްޓިފައިވަނީ ކޮންޓްރެކްޓަރުންނަށް ހުރިހާ ފައިސާއެއް ދީފައިވާތީ، އެމީހުން ހަބަރު ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ހަތަރު އަތޮޅުގެ ރަށްތަކަށް މިހާރު ފައްޓަވައިގެން އުޅުއްވާ ދަތުރުފުޅުގައި ތ. އަތޮޅު ކަނޑޫދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ގިނަ ރަށްރަށުގެ މަޝްރޫއުތަކަށް ހުރީ ފައިސާ ދީފައި ކަަމަށާއި ބައެއް ރަށްރަށުގައި މަސައްކަތް ނިންމާފައިވާ މިންވަރަށްވުރެ ވެސް އިތުރަށް ފައިސާ ދީފައިވާ ކަމަށެވެ.
"އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި ހުރީ ފައިސާދިނުމުގެ މައްސަަލައެއް ނޫން ދިމާވެފައި، މީގެ ގިނަ ރަށްރަށުގައި ހުރީ ފައިސާ ހަމަައަށް ދީފައި، އަދި ބައެއް ރަށްރަށުގައި މަސައްކަތަށްވުރެ އިތުރަށްވެސް ފައިސާ ދީފައި އެބަހުރި އަޅުގަނޑުމެނާ ހަވާލުވި އިރުގައި، މަސައްކަތް ހިނގާފައި އޮތް ޕަސެންޓޭޖަށްވުރެ އިތުރަށް ފައިސާ ދީފައި،"
ރައީސް ވިދާޅުވީ އެކަމާ ގުޅިގެން މަޝްރޫއުތައް ހުރީ އޮޅުންބޮޅުންތަކުގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ދަތިވީ، ކޮންޓްރެކްޓަރުގެ ހަބަރެއް ނުވެގެން ކަަމަށްވެސް ވިދާޅުވިއެވެ.
"ދެން އެހެންވީމަ އަމުދުން ދަތިވެގެން ގޮސްފައިވަނީ އެމީހުން ލައްވާ މަސައްކަތް ކުރުވަން. އެއީ އެމީހުންނަށް ފައިސާ ލިބިފައި ހުރީމަ ކޮންޓްރެކްޓާ ދެން ފިލަނީ އާދައިގެ ގޮތަކަށް ދަންނަވަންޏާ ނޫނިއްޔާ ދެން ހަބަރެއް ނުވަނީ އެެހެންވީމަ މިކަމުގައި ތާށިވެފައި ވަރަށް ގިނަ ރަށްރަށުގެ ސްކޫލް ހެލްތު ސެންޓަރު މަޝްރޫއުތައް ހުރީ،"
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ކުޅިވަރު
ކީލިއާން އެމްބާޕޭ
އިންޑިއާ