މ. ކޮޅުފުށި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

އެ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ރަށަށްވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އާއި އެކުންފުނީގެ އިސްވެރިނާއި ކޮޅުފުސީ ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަށުގައި ފިޓްނަސް ސެންޓަރު ހަދަން އެމްޓީސީސީއާ ހަވަލުކުރީ 4.61 މިލިޔަން ރުފިޔާއަށް 240 ދުވަހުން ނިންމާގޮތަށެވެ.

އެ މަޝްރޫގެ މަސައްކަތުގެ ދަށުން ބިންގަނޑުކޮނުމާއި މޭޝަނީ މަސައްކަތްތައް، ކޮންކްރީޓުގެ މަސައްކަތްތަކާއި ފުރާޅު ހަރުކުރުމުގެ މަސައްކަތްތަކާއި އެ ސެބްޓަރުގައި ދަވާލުލުމުގެ މަސައްކަތްތައް ހިމެނެއެވެ.