ޔޫރަޕްގެ އެއާޕޯޓުތަކަށް ސައިބާ އެޓޭކެއް ދީފިއެވެ. މި އެޓޭކް ދިނުމާއެކު އެ އެއާޕޯޓުތަކުގެ އޮޕަރޭޝަނަށް ބުރޫއަރާފައިވާކަމަށް އިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ ލަންޑަނުގެ ހީތްރޯ އެއާޕޯޓަށް ވެސް އެ ހަމަލާ ގެ އަސަރުކޮށްފައިވާ ކަމަށާއި ހަމަލާގެ ސަބަބުން އެއާލައިންތަކުގެ ޗެކިން ސިސްޓަމާއި ބެގޭޖް ސިސްޓަމްތުގެ މަސައްކަތް ހުއްޓިފައިވާކަމަށް ބުނެފައެވެ.

އެޓޭކްގެ ސަބަބުން ގިނަ އެއާލައިންތަކަކަށް ސީދާ އަސަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ އާލައިންތަކުގެ ޝެޑިއުލްތަކަށް ބުރޫއަރައި ގިނަ ފްލައިޓުތަކެއް ޑިލޭ ވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސައިބާ ހަމަލާ އަމާޒުވި އެއާޕޯޓުތަކުން ވަނީ ފަސިންޖަރުންނަށް ދޭ ހިދުމަތް މެނުއަލް ކޮށް ދޭން ފަށައިފައެވެ. އެއާއެކު އެއާޕޯޓުތަކުގައި ފަސެންޖަރުން ފުރިބާރުވެ ހިދުމަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެން ގޮސްފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ސައިބާ އެޓޭކްގެ ސަބަބުން އެއާޕޯޓުތަކުގައި ބޭނުންކުރާ ސިސްޓަމްތަކުގެ މަސައްކަތް ހުއްޓުމާއެކު ކަމާބެހޭ އިދާރާތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.