ވަން އޮންލައިންގެ ސީނިއާ ޑެޕިއުޓީ އެޑިޓަރު އަލީ އަފާފް ރަމީޒްގެ ލޮބުވެތި ބޮޑުބޭބެ، ބ. ކުޑަރިކިލު، ޖުވެލް، އަހުމަދު ރަމްޒީ، 44އ، ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ނިޔާވެފައެވެ.
އަހުމަދު ރަމްޒީގެ އާއިލާއަށް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ވަން މީޑިއާ ގްރޫޕުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ.
އަޅުގަނޑުމެންގެ ދުއާއަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.
އަހުމަދު ރަމްޒީގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މަޣްްރިބް ނަދާމަށްފަހު އާސަހަރާ މިސްކިތުގައެވެ. އަހުމަދު ރަމްޒީގެ ޖަނާޒާގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު