މެޓާއިން އުފެއްދި އޭއައި އައިނު ދައްކާލައިފިއެވެ.

މެޓާ އާއި ރޭބަން ގުޅިގެން އުފެއްދި އޭއައި ސްމާޓް އައިނު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ އޭއައި އައިނުގެ މޮޅުކަން ކިޔާދީ އައިނު ދައްކާލައިފައެވެ.

މެޓާއިން ދައްކާލި އައިނުގެ އެއް ލޮލުގައި ސްކްރީނު ހުންނާނެ ކަމަށް މެޓާއިން ބުނެއެވެ. އެސްކްރީނު މެދުވެރިކޯށް މެސެޖުތަކާއި ފޮޓޯތަކުގެ އިތުރުން ފޯނުގެ ޑިސްޕްލޭ ފެންނަ ގޮތް ހެދޭނެ ކަމަށް ވެސް މެޓާއިން ބުނެފައިވެއެެވެ.

އޭއައި ޓެކްނޮލޮޖީ ހިމެނޭ އެއައިނު އިނގިލީގެ ހަރަކާތްތަކުން ކޮންޓްރޯލް ކުރެވޭނެއެވެ.

ޒަކަބާގް ވަނީ މި އައިނަކީ ލޮލަށް ރީތި އަދި މިހާތަނަށް އުފެއްދި އެންމެ އިންޓެލިޖެންސް އައިނު ކަމަށާއި އައިނު އެޅުމުން އަސްލު ހޮލޯގްރާމް ދުނިޔެއަކަށް ދެވޭނެ ކަމަށް ބުނެފައެވެ.

ޒަކަބަގް ބުނީ އެ އައިނު ވެގެން ދާނީ މުސްތަގްބަލުގެ ކޮމްޕިއުޓިން ޕްލެޓްފޯމަކަށް ކަމަށެވެ. އެގޮތުން އޭއައި އައިނުގެ ސަބަބުން ސްމާޓްފޯނުތައް ބޭނުން ކުރުން ހުއްޓިގެން ދާނެ ކަމަށް ޒަކަބާގް ބުނެފައިވެއެވެ.

މިމަހުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މެޓާގެ އޭއައި އައިނުގެ އަގު އުޅެނީ 799 އެމެރިކާ ޑޮލަރަށެވެ.