ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރި ބޭރުގެ ބޯޓެއްގެ މައްސަލައިގައި 400،000 ރުފިޔާއިން ޖޫރިމަނާ ކުރަން ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
ސްރީ ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަނުސްކާ ޑެސްހަން" އަށް ހުކުމްކުރީ، 2022 ވަނަ އަހަރު ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަނެގެންނެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، މި ބޯޓު އަތުލައިގަތީ މ. މުލީގެ އިރުން 79 ނޯޓިކަލް މޭލު ދުރުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ހަމަ އެ އަހަރު ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ އެ ބޯޓުގެ ވެރިފަރާތް، ފަލަހަގެ ރަންޖިތު ޕްރެކުމާރާ ސިލްވާ 400،000 އިން ޖޫރިމަނާކޮށް އޭނާގެ ބޯޓު ދައުލަތަށް ނެގުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޖޫރިމަނާކުރި ނަމަވެސް އުޅަނދު ދައުލަތަށް ނަގައިދިނުމަށް އަމުރުކުރާނެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ. ޖޫރިމަނާގެ ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު