މަސްވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިކް އެންޑް ފްރޮމޯޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޒަރީރު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިކް އެންޑް ފްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކޮށްފައިވާ ކަމަށެވެ.
ޑރ. މުހައްމަދަކީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރެއްވި ބޭފުޅެކެވެ.
މަސްވެރިކަމުގެ ޕްރޮމޯޓްކުރުމަށް ސަރުކާރުން އާ ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެ ކުންފުނީގެ ފުރަތަމަ އެމްޑީ ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރުމުންނެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް