އިންޑޮނޭޝިއާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ބާލީގައި ފެންބޮޑުވެ ހަ މީހުން މަރުވެއްޖެއެވެ.

ބާލީގައި ފެންބޮޑުވެފައިވަނީ އެސަރަހައްދަށް މޫސުން ގޯސްވެ ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.

ރެސްކިއު ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާތަނަށް ހަ މީހަކު ވަނީ މަރުވެފައެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވެހެން ފެށި ވާރޭގެ ސަބަބުން ބާލީގެ ވެރިރަށް ޑެންޕާސާގެ ދެ އިމާރާތެއް މިބާހަމަވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ބާލީގެ ބޮޑު ސަރަހައްދެއް އޮތީ ފެނުއަޑީގައެވެ.