މާދަމާރޭ ހަނދުކޭތަ ހިފާނެތީ ހުރިހާ ރަށެއްގައި ހަނދުކޭތަ ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ހަނދުކޭތަ ހިފަން ފަށާނީ މާދަމާ ރޭ 8:28ގައި ކަމަށެވެ. ހަނދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 11:11 ގައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ހަނދުކޭތަ ވީއްލާނެ ކަމަށް ލަފާކޮށްފައިވަނީ މެންދަމުން އަލިވެ 1:55ގައެވެ.
އެހެންކަމުން ހުރިހާ ރަށެއްގައި މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ، ސިޓީ ކައުންސިލް ތަކަށާއި ރަށު ކައުންސިލްތަކަށް އަންގައިފައެވެ.
އެ މިނިސްޓްރީން ބުނީ ކޭތަ ނަމާދުގެ ހުތުބާ މާދަމާ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ.
އާއިޝަތު މާހާ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް