ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ ޑަބްލިއުޗްއޯއިން އިއުލާނު ކޮށްފައިވާ އެމްޕޮކްސްގެ ހެލްތް އިމަޖެންސީ އުވާލައިފިއެވެ.

ޑަބްލިއުޗްއޯއިން އިއްޔެ ވަނީ އެއިދާރާއިން އެމްޕޮކްއަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ހެލްތް އިމަޖެންސީ އުވާލާފައިވާ ކަމަށް އިއުލާނުކޮށްފައެވެ.

ވައިރަހެއްގެ ސަބަބުން ފެތުރޭ އަދި ހުން އައުން ފަދަ އަލާމާތްތަކެއް ފެންނަ އެމްޕޮކްސްގެ ކޭސްތައް އެފްރިކާގެ ގައުމުތަކުން ފެންނަން ފަށައި ފެތުރުން ކޮންޓްރޯލް ނުވުމުން ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އޮތްކަމަށް ކަނޑައަޅައިފައެވެ.

ޑަބްލިއުއެޗްއޯއިން އެމްޕޮކްސްގެ އިމަޖެންސީ އުވާލަމުން އެއިދާރާގެ ޗީފް ޓެޑްރޮސް އަދަނޮމް ވިދާޅުވީ އެންމެ ގަދައަށް އެބަލި ފެތުރެން ފެށި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބަލި މިހާރު ފެތުރުން ކޮންޓްރޯލްވެފައިވާ ކަމަށާއި ކޭސްތައްވެސް ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ.

ކޮންގޯގެ އިތުރުން ބުރުންޑާއީ އާއި ސިއެރާގެ އިތުރުން ޔޫގަންޑާއިން ވެސް ކޭސްތައް ބޮޑުތަކުން މަދުވެފައިވާ ކަމަށް އަދަނޮމް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން އެގޮތައް ނިންމާފައިވަނީ އެއިދާރާގެ އިމަޖެންސީއިން ކޮންމެ ތިން މަހުން އެއްމަހު ބާއްވަމުން ދިޔަ ބައްދަލުވުންތަކުން ފެނުނު ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.