ނޭޕާލުން ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބް ބޭން ކޮށްފިއެވެ.

ނޭޕާލްގެ ސަރުކާރުން ވަނީ އެގައުމުގެ ޓެލެކޮމިއުނިކޭޝަން އެޖެންސީ މެދުވެރިކޮށް މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބް އަދި އިތުރު 23 އެޕްލިކޭޝަން ބްލޮކް ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭޕާލްގެ އޮފިޝަލުން ވަނީ އެގައުމުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބްލޮކް ކުރުމަށް ނިންމާފައިވަނީ އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީސްގައި ހުރިހާ ސޯޝަލް މީޑިއާ ޕްލެޓް ފޯމުތަކެއް ރަޖިސްޓާ ކުރުމަށް ދިން މުހުލަތު ހަމަވި އިރު، ރަޖިސްޓްރީ ނުކުރުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ނޭޕާލްގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެގައުމުގައި ހިންގަމުން ގެންދާ ކުއްތައް އިތުރުވެ ގެއްލުން ވާން ފެށުމުން އެކަމަށް ހައްލެއް ގެނައުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފައެވެ.

ނޭޕާލްގައި ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު ޕްލެޓްފޯމުތައް ބޭން ކުރުމުން ގައުމަށް ގެއްލުންވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެގައުމުގެ ފަތުރުވެރިކަމުގެ ގިނަ ޕްރޮމޯޝަންތަކެއް ހުއްޓިގެން ދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.