މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މިހާރު ފެނިފައިވާ ކަމަށާއި އެ ޒުވާނާ ހުރީ ރަށެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް، ބ. ކެންދޫ ކަމަށެވެ. އޭނާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަހުމުﷲ ސާޖިދުގެ ހާލު ރަނގަޅު ކަމަށެވެ.

"ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި ވަނީ މައުލޫމާތު ދީފަ. ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.