ކަމަދުއަށް ސީޕްލޭން ދަތުރު ފަށަން، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން އެރަށަށް މިއަދު ޖައްސައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ދަތުރުތައް އޮންނާނެ ކަމަށެވެ.
ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ފުރަތަމަ ސީޕްލޭން މިއަދު ވަނީ އެރަށަށް ޖައްސައިފައެވެ. އެ ސީޕްލޭނުން ކަމަދުއަށް ދިޔަ ދެ ފަތުރުވެރިންނަށް އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔައިފައެވެ.
މޯލްޑިވިއަން އިން ދިވެހީންނަށް ހާއްސަ އަގެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ދިވެހީންނަށް އެއްކޮޅު ޓިކެޓް 1199 ރުފިޔާއަށް ލިބޭނެއެވެ.
ކަމަދޫގައި ސީ ޕްލޭން ހިދުމަތް ފެށުމަށް އައިލެންޑް އެވިއޭޝަން ސާވިސަސް އާއި ހޯކްސް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ބ. އަތޮޅުގެ ތަރައްގީގެ ލިސްޓުގެ ފަހަތުގައި ކަމަދޫ އޮތްއޮތުން ނިމުމަކަށް ގެނެސް، އެރަށާ މެދު އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. ސީ ޕްލޭންގެ ހިދުމަތް ފެށުމަކީ ވެސް އެ މަސައްކަތުގެ ބައެއް ކަމަށެވެ.
ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ އެރަށުގެ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެރަށަކީ ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށްވާތީ އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ވެސް ވަރަށް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު