ބިންހެލުމުގެ ގެއްލުމުން އަރައިގަތުމަށް ތާލިބާނުން ބޭރުގެ އެހީއަށް އެދެން ފަށައިފިއެވެ.
އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެ ގައުމުގެ ދެކުނުގެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 1،411 އަށް އަރައިފައެވެ.
އެ ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު 3،124 އަށް މިހާރު އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުމުގެ ގެއްލުން ލިބުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭތީ، ދިއުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެ ސަރަހައްދުގެ އަސްލު ހާލަތު ދެނެގަނެވިފައި ނުވާކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.
ރިކްޓަރ މިންގަނޑުން 6 މެގްނިޓިއުޑްގެ ބާރުގަދަ އެ ބިންހެލުމަށްފަހު ކުދި ލޮޅުންތައްވެސް އަރާފައިވާއިރު 5،400 އަށްވުރެ ގިނަ ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އަފްގާނިސްތާނުގައި ވެރިކަންކުރާ ތާލިބާނު ސަރުކާރުން ބުނެއެވެ.
އަފްގާނިސްތާނުގެ ތާލިބާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ އެ ގައުމަށް ބޭރުގެ އެހީ މިދަނޑިވަޅުގައި ވަރަށް މުހިންމު ކަމަށާއި ކުރިން ލިބެމުންދިޔަ ބައެއް އެހީތައް ގައުމުތަކުން މީގެ ކުރިން ކަނޑާލުމުން އެ ގައުމުގައި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް ފާހަގަކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު