އިސްޑޮނޭޝިއާގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ތިން މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުތަނުން ބޮޑުކުރި މައްސަލައާ ގުޅިގެން ހިންހަމަނުޖެހުން ފާޅުކުރުމަށް އެގައުމުގެ އެކި ސަަރަހައްދުތަކުގެ މަގުތަކަށް އާންމުން ނުކުމެ މުޒާހަރާކުރަން ފަށާފައިވާއިރު އެ މުޒާހަރާގައި ބައިވެރިވި ޓެކްސީ ޑްރައިވަރެއްގެ ގައިގައި ފުލުހުންގެ ވެހިކަލަކުން ޖައްސައި މަރާލި މައްސަލައާ ގުޅިގެން ފުލުހުންނާ އާންމުންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި މުޒާހަރާތައް ހޫނުވެފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ އިރުމަތީ ސަރަހައްދެއްގެ ކައުންސިލް އިމާރާތެއް ރޯކޮށްލައިފައެވެ. އެހާދިސާގައި އެއިމާރާތުން ތިން މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެެވެ.
ވެރިރަށް ޖަކާޓާގެ އިތުރުން އާބާދީ ބޮޑު އެހެން ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ސަބަބުން އެގައުމު ހުއްޓުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ ފުލުހުން ވަނީ މުޒާހަރާތައް ހުއްޓުުވުމަށް ކަރުނަގޭހާއި ޕްރެޝަރުގައި ފެންޖަހައި ބާރުގެ ބޭނުންކޮށް މުޒާހަރާ މައިތިރިކުރުމަށް މަސައްކަތް ކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލިސް މެމްބަރުގެ މުސާރަ 3030 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ނިންމާފައިވާ އިރު، އެއީ އެގައުމުގެ މިނިމަމް ވޭޖަށްވުރެ ދިހަ ގުނަ ބޮޑު އަދަދެެއް ކަމަށްބުނެ، އެކަމުގައި އަޑު އުފުލުމަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރާތާ ހަފުތާއެއްހާ ދުވަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް