އިޒްރޭލުން ދިން ހަމަލާއެއްގައި ހޫތީންގެ ބޮޑުވަޒީރު އަހުމަދު ގާލިބް ނަސީރު އަލް ރަހާވީ އަވަހާރަވެއްޖެއެވެ.
ޔަމަންގައި ހަރަކާތްތެރިވާ ހޫތީން ވަނީ އެގުރޫޕުގެ ބޮޑުވަޒީރު އަހުމަދު ގާލިބް ނަސީރު އަލް ރަހާވީ އަވަހާރަކޮށްލާފައިވާކަން ރަސްމީކޮށް ޔަގީންކޮށްދީފައެވެ.
ހޫތީން ބުނީ ބޮޑުވަޒީރުގެ އިތުރުން އެހެން އިސް ފަރާތްތަކެއް ވެސް އަވަހާރަކޮށްލާފައިވާ ކަމަށެވެ. އިޒްރޭލުގެ ސިފައިން އެހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ޔަމަނުގެ ވެރިރަށް ސަނާއަށް ކަމަށްވެސް ހޫތީން ބުނެފައިވެއެވެ.
އިޒްރޭލުގެ ޑިފެންސުން ވަނީ އެހަމަލާއަކީ ހޫތީންގެ މިލިޓަރީ އަށް ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. ހަމަލާގެ އިތުރު މައުލޫމާތުތަކެއް އިޒްރޭލުން ހާމަކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެދުއިރުމަތީގެ ހަބަރު ގެނެސްދޭ ސައުދީގެ އަލް މަޝާތް އިން ވަނީ ހޫތީންގެ ބޮޑުވަޒީރުގެ އިތުރުން އެގުރޫޕުގެ ޖަސްޓިސް މިނިސްޓަރާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުގެ އިތުރުން ސޯޝަލް އެފެއާސް އަދި ލޭބާ މިނިސްޓަރު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ހޫޓިންގެ އިސް ގިނަ ފަރާތްތަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށްވެސް އަލް މަޝާތް އިން ރިޕޯޓުކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް