ތުރުކީގެ ވައިގެ ސަރަހައްދު ބޭނުންކުރުން އިސްރާއީލަށް މަނާކަޮށްފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވީ އެގައުމުގެ ވައިގެ ސަރަހައްދު އިސްރާއީލުގެ ފުލައިޓުތަކަށް މަނާކޮށްފައިވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.

ތުރުކީގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ހަކަން ފިދާން ވަނީ ތުރުކީން އިސްރާއީލާ ދެމެދު ވިޔަފާރީގެ ހުރިހާ ޑީލުތަކެއްވެސް ކެންސަލްކޮށްފައިވާ ކަމަށާއި ތުރުކީގެ ކާގޯ ބޯޓުތައްވެސް އިސްރާއީލަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް ފާހަގަކުރައްވައިފައެވެ.

ތުރުކީން އިސްރާއީލާ ދެމެދު ވިޔަފާރި ގުޅުން މިދިޔަ އަހަރު ފަށާފައިވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ހަމަލާ ބަދަލުކުރުން ދާއިމަށް ހުއްޓާލުމަށް ޑިމާންޑުކޮށްފައެވެ. 2023 ވަނަ އަހަރު އެކަނިވެސް އިސްރާއީލާއި ތުރުކީއާ ދެމެދު ހަތް ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ އިރު، ތުރުކީން ވަނީ އިސްރާއީލުން ޑިމާންޑުތަކާ ހިލާފުވެފައިވާ ކަމަށް ބުނެފައެވެ.

ނިމިދިޔަ ހަފުތާގައި ތުރުކީގެ ނޫސްތަކުން ވަނީ އެގައުމަށް ދަތުރުކުރާ އިސްރާއީލުގެ ކަނޑުގެ އުޅަނދުފަހަރުތައް ވެސް ބަނދަރުކުރުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެެވެ. ނަމަވެސް ތުރުކީ ސަރުކާރުން އެކަމުގައި ބަޔާނެއް ނެރެފައެއް ނުވެއެވެ.