އިންޑޮނޭޝިއާގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންޑޮނޭޝިއާގެ އެކި ސަަރަހައްދުތަކުގެ މަގުތަކަށް އެގައުމުގެ އާންމުން ނުކުމެ މުޒާހަރާކުރަން ފަށާފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުތަނުން ބޮޑުކުރި މައްސަލައާ ގުޅިގެން ހިންހަމަނުޖެހުން ފާޅުކުރުމަށެވެ.
އާންމުން ކުރަމުންދިޔަ މުޒާހަރާ ހޫނުވެފައިވާ އިރު، އެ މުޒާހަރާގައި ބައިވެރިވި ޓެކްސީ ޑްރައިވަރެއްގެ ގައިގައި ފުލުހުންގެ ވެހިކަލަކުން ޖައްސައި މަރާލި މައްސަލައާ ގުޅިގެން ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނާގޮތުގައި އެ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން ވަނީ މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ކަރުނަ ގޭސް ޖަހައިފައެވެ.
ޓެކްސީ ޑްރައިވަރުގެ މަރުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ފުލުހުން މައާފަށް އެދިފައިވާ އިރު، އެ މައްސަލަ ހިނގައިދިޔަ ގޮތް ބެލުމަށް ވަނީ ތަހުގީގު ފަށައިފައެވެ.
އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލިސް މެމްބަރުގެ މުސާރަ 3030 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ނިންމާފައިވާ އިރު، އެއީ އެގައުމުގެ މިނިމަމް ވޭޖަށްވުރެ ދިހަ ގުނަ ބޮޑު އަދަދެެއް ކަމަށްބުނެ، އެކަމުގައި އަޑުއއުފުލުމަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރާތާ ހަފުތާއެއްހާ ދުވަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު