ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި އައިނު ފިހާރައަކީ ސަރުކާރުގެ ދެވަނަ އައިނު ފިހާރައެވެ. މީގެ ކުރިން ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ދެވަނަ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ" ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިއީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކަށް، ހާއްސަކޮށް އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް އަމާޒުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވި ވަރަށްވެސް އަގުހުރި ފިޔަވަޅެއް ކަމަށެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކެއްގައި ވެސް އެމްސީޖީއެޗްގެ ފަރާތުން އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް