ދެކުނު ކޮރެއާގެ ހުރިހާ ސްކޫލެއްގައި ފޯން ބޭނުންކުރުން މަނާކޮށްފިއެވެ.
ދެކުނު ކޮރެއާއިން ފާސްކޮށްފައިވާ ބިލެއްގައި ވާގޮތުން އެ ގައުމުގެ ހުރިހާ ސަރަހައްދެއްގެ ސްކޫލު ތަކުގައި ފޯނުގެ އިތުރުން ސްމާޓް ޑިވަސްތައްވެސް ބޭނުންކުރުން މަނާވާނެއެވެ.
ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކުރި އެ ބިލަށް 163 މެންބަރުންގެ ތެރެއިން 115 މެމންބަރުންގެ ރުހުން ލިބިފައިވާއިރު ބިލުގައި ވާ ގޮތުން އަންނަ އަހަރުގެ މާޗްމަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ޖެހޭނެ އެވެ.
ދެކުނު ކޮރެއާއިން ސްކޫލުތަކުގައި ފޯނު ގެންގުޅުން މަނާކޮށްފައިވާއިރު އެ ގައުމުގެ ބައެއް ސްކޫލުތަކުން މިހާރުވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
މީގެ ކުރީން ފިންލެންޑާއި ފްރާންސުން ވެސް ވަނީ ސްކޫލުތަކުގައި ކުޑަކުދީން ފޯނު ބޭނުންކުރުން މަނާކޮށްފައެވެ.
ޗައިނާއާއި ނެދަލެންޑުގެ އިތުރުން އިޓަލީން ވަނީ އެ ގައުމުގެ ހުރިހާ ސްކޫލުތަކެއްގައި ހުރިހާ އުމުރެއްގެ ކުދީން ފޯނު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު