ޝަރަފުވެރިކަމުގެ ގައުމީ އިނާމު، މިއަހަރު ނިޔާވި ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އަށް އަރުވައިފިއެވެ.
މިއަދު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި މެޒޯ މުހައްމަދަށް ޝަރަފުވެރިކަމުގެ އިނާމު އެރުވީ އޭނާގެ ހަނދާނުގައެވެ. އޭނާގެ ފަރާތުން ޝަރަފުގެ އައްޑަނަ އާ ހަވާލުވެވަޑައިގަތީ ދަރިކަނބަލުން މީރާ މުހައްމަދު މާޖިދުއެވެ.
މެޒޯ މުހައްމަދަށް ވަނީ މީގެކުރިން ހިތްވަރުދިނުމުގެ ގައުމީ އިނާމުވެސް ލިބިފައެވެ.
ސިއްހީ ހާލަތު ގޯސްވެގެން، އުމުރުން 59 އަހަރުގެ މެޒޯ މުހައްމަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަހަރު ފެބްރުއަރީ މަހުގެ 12ގައެވެ.
މެޒޯ މުހައްމަދަކީ އަމިއްލަ ރާގު ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ 40 އަށްވުރެ ގިނަ އަމިއްލަ ރާގު ގެނެސްދީފައެވެ.
ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މެޒޯ މުހައްމަދު ގެނެސްދީފައިވާ ލަވަތަކުގެ ތެރެއިން، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ" އަދި "މަސްތު" ފަދަ ލަވަތައް ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.
މެޒޯ މުހައްމަދުގެ އަންހެން ދަރި، މީރާ މުހައްމަދު މާޖިދު ވެސް އަންނަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުންނެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު