ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހއ. އުތީމަށް ދެންމެ ވަޑައިގެންފިއެވެ.
އުތީމުގައި، ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސްގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އުތީމަށް ވަޑައިގަތެވެ.
އުތީމުގައި މިއަދު ބާއްވާ ގައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތުގެ އިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް އިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއ،ި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން ދެއްވާނެއެވެ.
އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާ އާއި ހަނދާނީ ލިޔުން އެރުވުން ވެސް އޮންނާނެއެވެ.
އުތީމުގައި ތަރައްގީކުރާ ބޮޑުތަކުރުފާނު ގޭޓުގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލްމަހުގެ އެއް ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ ދުވަހުގެ ގޮތުގައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު