ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.
ރަނިލް ހައްޔަރުކުރީ އިއްޔެއެވެ.
ލަންކާގެ ފުލުހުން، ރަނިލް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ. އެމައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އެގައުމުގެ ސީއައިޑީއަށް ވަޑައިގަތުމުން އެތަނުން ރަނިލް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރަނިލްގެ އެ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާތީއެވެ.
ފުލުހުން ކޯޓަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން ރަނިލްގެ އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަނަށް ލަންޑަނަށް ވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ސެޕްޓެމަބަރު 22 އަދި 23 ގައެވެ. އެއީ ޔުނިވާސިޓީ އޮފް ވުލްވަހެމްޓަންގައި ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތެކެވެ.
ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު ދިހަ މީހަކު ބައިވެރިކުރިއެވެ. އަދި އަމިއްލަފުޅު އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފައެވެ.
އެ މައްސަލައިގައި ރަނިލް ހައްުޔަރުކޮށް ކޯޓުން ވަނީ ހަ ދުވަހަށް ރަނިލް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަނިލްއަށް ފަރުވާދެމުން އަންނަނީ ކޮލަމްބޯގައި ހުންނަ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
ލަންކާގައި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ރަނިލްއަކީ އޭގެކުރިން ބޮޑުވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އަލީ ޔާމިން
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި