ހިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކުރި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ބަންދަށް ހަތަރު ދުވަސް ޖަހައިފިއެވެ.
ލަންކާގެ ކުރީގެ ރައީސް ރަނިލް އިއްޔެ ހައްޔަރުކޮށްފައިވާ އިރު ރޭގެ ވަގުތެއްގައި އެގައުމުގެ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އޮގަސްޓު 26 ވާ އަންގާރަ ދުވަހާ ޖެހެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ލަންކާގެ ފުލުހުން، ރަނިލް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ. އެމައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އެގައުމުގެ ސީއައިޑީއަށް ވަޑައިގަތުމުން އެތަނުން ރަނިލް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރަނިލްގެ އެ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާތީއެވެ.
ފުލުހުން ކޯޓަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން ރަނިލްގެ އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަނަށް ލަންޑަނަށް ވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ސެޕްޓެމަބަރު 22 އަދި 23 ގައެވެ. އެއީ ޔުނިވާސިޓީ އޮފް ވުލްވަހެމްޓަންގައި ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތެކެވެ.
ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު ދިހަ މީހަކު ބައިވެރިކުރިއެވެ. އަދި އަމިއްލަފުޅު އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި