ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގުން މިއަދު ބުނީ 2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ރޯޑް ރޭސްގެ ކޯޗިން ޕާޓްނަރުން ހޮވަމުން ކަމަށެވެ. ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 26 އޮގަސްޓް 2025 ގެ ކުރިން [email protected] އަށް އީމެއިލް ފޮނުއްވައިގެން ކުރިމަތިލެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ ކޯޗިން ޕާޓްނަރުންގެ އެހީއާ އެކު މި ދުވުމަށް ގިނަ ބަޔަކު ފުރިހަމަ ގޮތުގައި ތައްޔާރުވެ، މި އިވެންޓްގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓާ ކުރުމަށާއި މި އިވެންޓާ ބެހޭ އިތުރު މައުލޫމާތު www.dmrr.mv އިން ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު