ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ތައް ގާއިމުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެފްއާރުސީތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 87 އެފްއާރުސީއެއް ގާއިމްކުރުމަށް ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތްތައް ހަވާލުކޮށްފައިވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
ދެ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަސީލަތް ހަމަ އެފްއާރްސީތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ