ބ. ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުޅާދޫގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ތުޅާދޫގައި ހައުސިން މަޝްރޫއެއް ހިންގުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އެގޮތުން ތުޅާދޫގައި 100 ހައުސިން ޔުނިޓް ހެދުމަށް ޓަކައި ޓެންޑަރިންއަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެއް ފަރާތުން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބަޔަކު ހޯދުމާއި އެގްރީމެންޓް ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަގު ހެދުމުގެ މަޝްރޫއުގައި މިހާރު ސޮއިކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕިކްނިކް ދިއުމަށްޓަކައި އެނބޫދޫ ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް ޓޫރިޒަމް މިނިސްޓަރާއި އެޓާނީ ޖެނެރަލް ކުރިޔަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އަފާފު ރަމީޒު
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން