ދެކުނު އޭޝިޔާގެ އެންމެ މުއްސަނދި މީހާގެ މަގާމަށް މުކޭޝް އަމްބާނީ ހޮވިއްޖެ އެވެ.

ގަލްފް ނިއުސް އިން ހޮވާ 2025 ވަނަ އަހަރުގެ ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި މުކޭޝް އަމްބާނީ ހިމެނިފައިވާއިރު އޭނަގެ މިލްކިއްޔާތުގައި 118 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އިންޑިއާގައިވެސް އެންމެ މުއްސނދި މީހާގެ މަގާމުގައި ހުރި، މުކޭޝް އަމްބާނީ އަކީ ރިލަޔަންސް އިންޑަސްޓްރީގެ މެނޭޖިން ޑިރެކްޓަރެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑެތި ވިޔަފާރިތަކުގެ އިސްސަފުގައި މުކޭޝް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގަލްފް ނިއުސްގެ ލިސްޓުގެ ދެވަނަައިގައި ވަނީ ޕާކިސްތާނުގެ ޝާހިދު ހާން އެވެ. އެމެރިކާއަށް ނިސްބަތްވާ ޕާކިސްތާނުގެ ދަރިކޮޅުގެ ހާން ގެ މިލްކިއްޔާތުގައި 13،5 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ރިޕޯޓުގައިވެއެވެ.

ތިން ވަނައިގައި ބަންގްލަދޭޝްގެ މޫސާ ބިން ޝަމްސީރް ހިމެނިފައިވާއިރު އޭނާގެ މިލްކިއްޔާތުގައި 12 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ވެއެވެ.

ހަތަރުވަނައިގައި ހިމެނެނީ ނޭޕާލަށް ނިސްބަތްވާ ބިނޯދް ޗައުދަރީ އެވެ. އޭނާގެ މިލްކިއްޔާތުގައި 1.6 ބިލިއަން ޑޮލަރު ހުރިކަމަށް ރިޕޯޓުގައި ވެއެވެ.