އިރާނުން އެގައުމުގެ ވައިގެ ސަރަހައްދު އެއްކޮށް ހުޅުވާލާއިފިއެވެ.

އިރާނާއި އިޒްރޭލުން ކުރި 12 ދުވަހުގެ ހަނގުރާމަ ނިންމާލައި ދެ ގައުމު ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ އިރު އިރާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދުގެ ބައެއް ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓައިފައެވެ.

އިރާނުން އެގައުމުގެ ވައިގެ ސަރަހައްދު ހުޅުވާލިކަން ހާމަކޮށް އިއްޔެ ނެރުނު ބަޔާނުގައި އެގައުމުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ވަނީ ޑޮމެސްޓިކާއި އިންޓަނޭޝަނަލް އެއާލައިންތަކަށް ވެސް ހަނގުރާމައިގެ ކުރިން އޮތްގޮތަށް އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ ކަމަށް ބުނެފައެވެ.

ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ އެއާލައިންތަކުން ވެސް ދަތުރުކުރުމަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ.

އިރާނުން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އެގައުމަށް ހަމަލާދޭން ފެށުމުންނެވެ.