ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެތެރެވުމަށް ޕާސްޕޯޓު ބޭނުންކުރުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފިއެވެ.
އީޔޫ އިން ގެނައި ބަދަލުގައި އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އީޔޫގެ ގައުމުތަކަށް އެތެރެވުމަށް އަދި ބޭރުވުމަށް ޕާސްޕޯޓު ބޭނުމެއް ނުވާނެއެވެ.
އެ ބަދަލުގައި ޕާސްޕޯޓު ބޭނުން ނުކުރި ނަމަވެސް، އެ މީހެއްގެ ބަޔޯމެޓްރިކްސް ބޭނުންކުރާނެއެވެ. އެގޮތުން އިނގިލީގެ ނިޝާނާއި މައުލޫމާތު ކަށަވަރުކުރުމަށް އެ މީހާގެ ފޮޓޯ ބޭނުންކުރާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް، އީޔޫގެ ގައުމުތަކުން ހަ މަސް ދުވަހަށް އެ ބަދަލަށް އަމަލުކުރަން ހަމަޖެހިފައިވެއެވެ. އަދި އެއަށްފަހު 2026 ވަނަ އަހަރުގެ އޭޕްރީލް 10 ގެ ފަހުން ދާއިމީކޮށް އެ ބަދަލުގެ ބޭނުންކުރަން ފަށާނެކަމަށް އޮފިޝަލުން ބުނެއެވެ.
އީޔޫގެ ގައުމުތަކުން ދަތުރުކުރުމަށް އާ ސިސްޓަމަކަށް ބަދަލުވާ އިރު، އީޔޫއިން ބޭރުގެ ގައުމުތަކުގެ މީހުން އީޔޫއަށް އެތެރެވުމުގެ ކުރިން ބަޔޯމެޓްރިކްސް ނަގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ. އަދި އީޔޫއަށް އެތެރެވާ އިރު، އެ މީހެއްގެ ބަޔޯމެޓްރިކްސް ހަމަނުވާ މީހުންނަށް އީޔޫއަށް އެތެރެނުވެވޭނެ ކަމަށް އޮފިޝަލުން ބުނެއެެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް