އެމެރިކާ އާއި އިންޑިއާ ގުޅިގެން ސެޓަލައިޓެއް ފޮނުވާލައިފިއެވެ.
ސެޓަލައިޓް މެދުވެރިކޮށް ޖައްވުން ސާފު ފޮޓޯ އާއި މައުލޫމާތު އެއްކުރުމަށް އުފެއްދި އެސެޓަލައިޓުުން ދުނިޔޭގެ ބިމާއި ކަނޑުގެ އިތުރުން ގަނޑުފެންގަނޑުތަކަށް އަންނަ ކުޑަ ބަދަލެއް ވެސް ދެނެގަނެ އެކަމުގެ މައުލޫމާތު ދުނިޔެއަށް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯ އާއި އެމެރިކާގެ ނާސާ ގުޅިގެން ކުރިޔަށް ގެންދާ އެމިޝަންގައި އާ ސެޓަލައިޓު ބޭނުންކޮށްގެން ހުރިހާ ގައުމުތަކަކަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
2،392 ކިލޯ ބަރުދަނުގައި ހުންނަ އެސެޓަަލައިޓަށް ކިޔާ ނަމަކީ ނާސާ-އިސްރޯ ސިންތަޓިކް އެޕޭޗާ ރާޑާއެވެ. ރިޕޯޓުތައް ބުނާގޮތުން އެސެޓަލައިޓު ޖައްވަށް ފޮނުވާފައިވަނީ އިއްޔެ އިންޑިއާގެ ސަތިޝް ދާވަން ސްޕޭސް ސެންޓަރުންނެވެ.
ނާސާއިން ދުނިޔެ އޮބްޒާވް ކުރުމަށް ގިނަ ސެޓަލައިޓުތަކެއް ޖައްވަށް ފޮނުވައި ބޭނުންކުރަމުން އަންނަ އިރު އިއްޔެ ފޮނުވާލި ސެޓަލައިޓަކީ މީގެ ކުރިން ފޮނުވާލި ސެޓަލައިޓުތަކަށް ވުރެން އެކިއުރޭޓް އަދި އަވަސް މައުލޫމާތު ފޯރުކޮށްދޭނެ ސެޓަލައިޓެއް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް