ރަޝިޔާއަށް 8.7 މެގްނިޓިއުޑްގެ ބާރުމިނުގައި މިއަދު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ ސީނިއާ މެޓްރޮލޮޖިކަލް ޓެކްނީޝަން ތަމީމް އަބްދުއްރައްޒާގް މިއަދު "ވަން" އަށް ވިދާޅުވީ އެ ބިން ހެލުން އައި ޕެސިފިކް ކަނޑުގެ ސަރަހައްދަށް ކަމަށެވެ. އެއީ އިންޑިއާ ކަނޑާއި 9500 ކިލޯ މީޓަރު ދުރު ކަމަށާއި އޭގެ އަސަރު ނުކުރާނެ ކަމަށެވެ.
އެ ބިންހެލުމާ ގުޅިގެން ޕެސިފިކް ގައުމުތަކަށް މިހާރުވަނީ ސުނާމީގެ އިންޒާރު ދީފައެވެ.
ރާއްޖެއަށް އެއިން އެއްވެސް އިންޒާރެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ސުނާމީ ވާނިން ސެންޓަރުންވެސް ވަނީ ސުނާމީ ކަނޑަށް މި ބިން ހެލުމުގެ އަސަރު ނުކުރާނެ ކަމަށް ބުނެފައެވެ.
ޔޫއެސްޖީއެސްއިން ބުނި ގޮތުގައި މި ބިންހެލުން އައީ ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި ހުންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ. އަދި އެ އެ ބިންހެލުމަށް ފަހު ޖަޕާނަށް އައި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 3-4 ސެންޓިމީޓަރު ހުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މިއީ 2011 ގައި ޖަޕާނުގެ އިރުމަތީ އުތުރުގައި އައި 9.0-9.1 ގެ ބިންހެލުމަށްފަހު އައި އެންމެ ވަރުގަދަ ބިންހެލުމެވެ.
އާއިޝަތު މާހާ
ބިންހެލުން
ބިންހެލުން
ބިންހެލުން
ބިންހެލުން