ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބަޑިން ހަމަލާދީ ފަސް މީހަކު މަރާލައިފިއެވެ.

ބެންކޮކްގެ ބަންގްސުއޭ ޑިސްޓްރިކްޓުގައި ހުންނަ އޯޓޯކޯ މާކެޓްގައި ހިނގި އެ ހާދިސާގައި ހަމަލާދީފައިވަނީ އެމާކެޓަށް ވަތް މީހަކު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި ފަސް މީހުން މަރުވެފައިވާ އިރު ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ ހިނގި އެހާދިސާގައި ހަމަލާދިނުމަށްފަހު ހަމަލާދިން މީހާ އަމިއްލައަށް ބަޑިޖަހައި މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބަންގްސުއޭގެ ފުލުހުން ވަނީ އެހަމަލާގެ ތަހުގީގު ފަށާފައިވާ ކަމަށާއި ހަމަލާ ދީފައިވާ ސަބަބު ހޯދުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފުލުހުންނަށް އަދި އެހަމަލާ ދިނީ ކާކުކަން ހޯދިފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ތައިލެންޑާއި ކެމްބޯޑިއާ ކުރަމުންދިޔަ ހަމަލާ ބަދަލުކުރުމާއި އެމީހާއާ ގުޅުމެއްވޭތޯ ބެލުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.