ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް އޮތީ 10 ނުވަތަ 12 ދުވަސް ކަމަށް އެމެރިކާގެ ރައީސް ޑިނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރަޝިޔާ އާއި ޔޫކްރޭން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް އިއްޔެ ވަނީ ރަޝިޔާ އަށް ދިން މުހުލަތު ބަދަލުކޮށް 10 ނުވަތަ 12 ދުވަސް ތެރޭ ހަނގުރާމަ ހުއްޓާލުމަށް އަންގަވައިފައެވެ.
ސްކޮޓްލޭންޑުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ޕޫޓިންގެ އަމަލުތަކާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ހަނގުރާމަ ހުއްޓާލުމަށް މީގެ ކުރިން ޕޫޓިން އަށް ދީފައިވާ 50 ދުވަހުގެ މުހުލަތު ކުރުކުރަން ނިންމަވާފައިވާ ކަމަށެވެ.
ޓްރަމްޕްގެ ނިންމުމަށް ރަޝިޔާއިން އަދި މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެެވެ.
ޓްރަމްޕް ވިދާޅުވީ އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތަކާއި އިތުރުކުރަން ޖެހޭ ޓެރިފްތައް އިތުރުކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުން ނޫން ކަމަށާއި ރަޝިޔާގެ ރައްޔިތުން ދެކެ ލޯބިވާ ކަމަށެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ