ރައީސުލްްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުالله އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމްގެ ރިޔާސަތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުން އިންޑިއާ، ރާއްޖެ ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވުމަކީ ދެ ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި، މި ބައްދަލުވުމުގައި މޯދީ ވަނީ ސިފަކުރައްވައިފައެވެ.
މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސް މުއިއްޒުއާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަނީ އަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލްވެސް ވަނީ ހަދިޔާކޮށްފައެވެ.
މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން މޯދީ ވަނީ ފާހަގަ ކޮށްދެއްވައިފައެވެ. އަދި ޑިފެންސް މިނިސްޓްރީގެ އާ އިމާރަތް "ދޮށިމޭނޭ" ބިލްޑިން ހުޅުއްވައިދެއްވުމުގައިވެސް މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ތައް އަނބުރާ ދެއްކުމުގައި ލުއިތަކެއްވެސް މިދަތުރުފުޅުގައި މޯދީ ވަނީ ދެއްވައިފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ