އިރާނަށް ދަތުރުކުރުމުގެ ހުއްދަ އައިއޭއީއޭއަށް ދީފިއެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ''އައިއޭއީއޭ'' ގެ ޓީމުތައް އިރާނަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައިވާކަން އަންގައިފާ ކަމަށް އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ކަޒެމް ގަރިބަބަދީ ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޔޫއެންގެ ބައްދަލުވުމަކަށް ނިއުޔޯކަށް ކުރެއްވި ދަތުރެއްގައި އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ކަޒެމް ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައިއޭއީއޭގެ ވަފުދު އިރާނަށް ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމާފައިވީ ނަމަވެސް ނިއުކްލިއާ ސައިޓުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ނުދޭނެކަމަށެވެ.
އެކަމާ ގުޅިގެން އައިއޭއީއޭގެ ފަރާތުން ކޮމެންޓެއް ކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނާއިރު އެ އެޖެންސީގެ ޗީފް ރަފައެލް ގްރޮއްސީ ވަނީ އިރާނުގެ ނިއުކްލިއާ މައްސަލައިގައި ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަޝްވަރާތައް ކުރިޔަށް ގެންދާ ކަމަށް ބުނެފައެވެ.
އިރާނުން އަބަދުވެސް އަންނަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ރައްކާތެރި ޕްރޮގްރާމެއް ކަމަށާއި އެއީ ހަތިޔާރު އުފައްދަން ކުރާ ކަމެއް ނޫން ކަމަށް ބުނަމުންނެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނުރައްކާ ކަމަށް ބުނެ އިސްރާއީލުން މިދިޔަ މަހު ވަނީ އިރާނަށް އިސްވެ ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ވެސް ދީފައެވެ. އެއަށްފަހު އިރާނާއި އިސްރާއީލު ހަނގުރާމައެއް ފަށާފައިވާއިރު އެމެރިކާ އިސްވެ އޮވެ ވަނީ ދެ ގައުމު ސުލްހަކޮށް ހަނގުރާމަ ހުއްޓުވައިފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ