ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވެ އެކަން އިއުލާނުކޮށްފިއެވެ.

މިމަހު 26ގައި މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ފުޅަނދުބުރާއި ޕެރޭޑާއި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. އޭގެ ތަފުސީލް ހެރިޓޭޖް މިނިސްޓްރީން މިއަދު ވަނީ އެ މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓު މެދުވެރިކޮށް އިއުލާނުކޮށްފައެވެ.

ޖުލައި 26 (ހޮނިހިރު ދުވަސް)

  • ދިދަ ނެގުމުގެ ރަސްމިއްޔާތު - ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި
  • ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް (އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތައް) - ހަވީރު 4:15ގައި

ޖުލައި 27 (އާދިއްތަ ދުވަސް)

  • މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ - ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި
  • އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑު، މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ - ހަވީރު 4:15
  • މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދުބުރު އަދި ޕެރޭޑު - ރޭގަނޑު 8:30ގައި

ޖުލައި 28 (ހޯމަ)

  • ފުޅަނދުބުރު ހުޅުމާލެ ސެންޓްރަލް ޕާކުގައި - ރޭގަނޑު 8:30

މިނިވަން ދުވަސް ފާހަގަކުރުމަށް މި މިމަހު 28 އާ ހަމައަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމާފަ އެވެ. ބަންދަށްފަހު ސަރުކާރު ހުޅުވޭނީ 29 ވާ އަންގާރަ ދުވަހު އެވެ.