ދެކުނުކޮރެއާގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި 17 މީހަކު މަރުވެއްޖެއެވެ.
ދެކުނު ކޮރެއާއަށް ކުރަމުން ދާ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ގެޕްޔެއޮންގް ސަރަހައްދުގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 17 މީހަކު މަރުވެފައިވާއިރު މިހާތަނަށް ބައެއް މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. ގެއްލިގެން ހޯދަމުން އަންނަ މީހުންގެ ސީދާ އަދަދު ނޭނގުނު ނަމަވެސް އެ އަދަދު 11 އަށްވުރެ މަތި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެކުނު ކޮރެއާގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފީހުން ވަނީ މީހުން ހޯދުމުގެ މަސައްކަތް އިދާރާތަކުން ގުޅިގެން ކުރަމުން އަންނަ އިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ޗުންގްޗެޔޮން ރީޖަނުގައި ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް މުރިމަތިވެފައިވާކަމަށާއި އެ ސަރަހައްދުގެ ބައެއް ވިލެޖުތައް ވެލިން ފޮރުވިފައިވާކަމަށް ވެސް ބުނެފައެވެ.
ވިއްސާރައިގެ ސަބަބުން މަގުތަކާއި ބްރިޖްތަކަށް ގެއްލުންވެފައިވުމާއެކު ރެސްކިއު އޮޕަރޭޝަނަށް ބޮޑުދަތިތަކެއް ކުރިމަތިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދެކުނު ކޮރެއާގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮފީހުން ވަނީ މިހާތަނަށް 10،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށާއި 41،000 އަށްވުރެން ގިނަ ގޭގޭގައި ދިރިއުޅޭ މީހުންނަށް އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް