ސްޓޫޑެންޓު ލޯނުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 282 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް ވަނީ 700 މިލިއަން ރުފިޔާ ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމުލަ 1،151 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ. އެއީ ފިރިހެން 543 ދަރިވަރުންނާއި އަންހެން 608 ދަރިވަރުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ލޯނު ދޫކޮށްފައިވަނީ 274 ދަރިވަރަކަށެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ލޯނު ސްކީމުން ކިޔަވާ 863 ދަރިވަރުން ވަނީ ގްރޭޖުއޭޓްވެފައެވެ.