ސްރީ ލަންކާއަށް އެތެރެވާ ފަތުރުވެރީންނަށް ވަގުތީ ޑްރައިވިން ލައިސަންސް ދޭން އެގައުމުން ނިންމައިފިއެވެ.
ސްރީ ލަންކާގެ ދަ ފޮރިން އެމްޕްލޯއިމަންޓު އެންޑް ޓުއަރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތުގައި ވާ ގޮތުން އެގައުމަށް އެތެރެވާ ފަތުރުވެރީންނަށް އަންނަ މަހުން ފެށިގެން ވަގުތީ ޑްރައިވިންގް ލައިސަންސް ލިބޭނެ އެވެ.
އެ ބަޔާނުގައި ވާގޮތުން ލަންކާއަށް އެތެރެވާ ފަތުރުވެރީންނަށް ވަގުތީ ޑްރައިވިން ލައިސަންސް ދޭން ހަމަޖެހިފައިވަނީ އެއާޕޯޓު އެރައިވަލް އިންނެވެ.
މިހާރު އަމަލުކުރާ ގަވާއިދުގައި ވާގޮތުން ލަންކާގައި ވެހިކަލް ދުއްވަން ބޭނުންވާ ފަތުރުވެރީން ޖެހޭނީ އެގައުމުގެ ޑިޕާޓްމަންޓް އޮފް މޮޓޯ ޓްރެފިކުން ވަގުތީ ލައިސަންސު ނަގާށެވެ. ނަމަވެސް ފަތުރުވެރީންނަށް ލުއިފަސޭހަ ދިނުމަށް ގެ ނައުމަށް ހަމަޖެހިފައިވާ މި ބަދަލުގެ ސަބަބުން އެގައުމަށް ދާ ފަތުރުވެރީންނަށް ވަގުތު ސަލާމަތްވެގެން ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ އޮފިޝަލުން ވަނީ އަންނަ މަހުން ފެށިގެން އެއާޕޯޓުން ފަތުރުވެރީންނަށް ވަގުތީ ލައިސަންސު ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ރައީސް މުހައްމަދު ނަޝީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ހާރިޖީ ގުޅުން