ސްރީ ލަންކާއަށް އެތެރެކުރާން އުޅުނު 1.1 ބިލިއަން ރުޕީސްގެ ރަން އަތުލައިގަނެފިއެވެ.

ސްރީލަންކާއަށް އެތެރެކުރަން މަސައްކަތް ކުރަނިކޮށް އެގައުމުގެ ކަސްޓަމްސް އިން އިއްޔެ އަތުލައިގަނެފައިވާ ރަނުގެ ބަރުދަނުގައި 35 ކިލޯ ހުރި އިރު އޮފިޝަލުން ވަނީ އޭގެ އަގު 1.1 ބިލިއަން ރުޕީސް އަށް އަރާކަމަށް ބުނެފައެވެ.

އެމިރޭޓްސް ފްލައިޓަކުން ދުބާއީން ލަންކާއަށް އެތެރެވާން އުޅުނު އުމުރުން 32 އަހަރުގެ ދަތުރުވެރިޔެއްގެ ލަގެޖުން މި ރަން ފެނުނީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު އުފެދިގެން ޗެކުކުރުމުގެ ތެރެއިން ކަަމަށް ހަބަރުތައް ބުނެއެވެ.

ކަސްޓަމްސް އަށް އޮޅުވައިލުމަށް އެ ރަންތައް ހުރީ އޭނާ އެތެރެކުރަން މަސައްކަތް ކުރި ކާރުގެ ސްޕެއާތަކަކާ އެއްކޮށްފައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.