އިސްރާއީލުން ދިން ހަމަލާއެއްގައި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް އަނިޔާވި ކަމަށް އިރާނުގެ އޮފިޝަލުން ބުނެފިއެވެ.
އިރާނާއި އިސްރާއީލު މިދިޔަ މަހު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ އިރާނުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީ އިސް ބައެއް ފަރާތްތައް އަވަހާރަކޮށްލައިފައެވެ.
އިސްރާއީލުން ދިން ހަމަލާތަކުގެ ތެރެއިން ޖޫން 15 ވަނަ ދުވަހު އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާ އަމާޒުވެފައި ވަނީ އިރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ކަމަށާއި އެވަގުތު އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެތަނުގައި ހުންނެވި ކަމަށް އޮފިޝަލުން ބުނެއެވެ. އެ ހަމަލާގައި ރައީސް މަސްއޫދަށް ކުދި އަނިޔާތައް ވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އިރާނުގެ އިސް އޮފިޝަލަކު ނޫސްވެރީންނަށް އިއްޔެ ދިން މައުލޫމާތުގައި ވަނީ އިސްރާއީލުން ދިން އެ ހަމަލާ އަމާޒުކޮށްފައިވަނީ ސަރުކާރުގެ މައި އިސްފަރާތްތަކެއް އަވަހާރަ ކޮށްލަން ކަމަށާއި އެ ހަމަލާ ދީފައިވަނީ އެ ބައްދަލުވުން ފެށުމުގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށްވެސް ބުނެފައެވެ.
އޮފިޝަލު ބުނެފައިވާގޮތުގައި ރައީސަށް އަނިޔާވެފައިވަނީ ހަމަލާ ދިނުމާއެކު އެތަނުން ސަލާމަތްވެވަޑައިގަތުމަށް އިމަޖެންސީ ސަރަހައްދަށް ވަޑައިގަތް ވަގުތުއެވެ.
ހަމަލާ ދިން ސަރަހައްދުގައި އެވަގުތު ކުރިޔަށް ދިޔައީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގެ މައުލޫމާތު އިސްރާއީލަށް ލިބުނު ސަބަބު ހޯދަން ތަހުގީގެއްވެސް ކުރިޔަށް ގެންދިޔަ ކަމަށް އޮފިޝަލު ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ