ދެކުނު ކޮރެއާގެ ކުރީގެ ބޮޑުވަޒީރު ޔޫން ސުކް ޔެއޮލް އަނެއްކާވެސް ޖަލަށް ލައިފިއެވެ.

ދެކުނު ކޮރެއާގެ ކުރީގެ ބޮޑުވަޒީރު ޔޫން ސުކް ޔެއޮލް އަލުން ޖަލަށް ލާފައިވަނީ އޭނާގެ މައްޗަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ނެރުނު އަމުރަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫން ސުކް ޔެއޮލް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަ ސެންޓްރަލް ޑިސްޓްރިކްޑް ކޯޓުންނެވެ.

ކޯޓުން ހުކުމް ކުރަމުން ނެރުނު ބަޔާނެއްގައި ވާގޮތުން ޔޫން ސުކް ޔެއޮލް ޖަލަށް ލުމަށް އަމުރު ނެރެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލައާ ގުޅޭ ހެކިތައް ނައްތައިލައިފާނެތީއެވެ.

ޔޫން ސުކް ޔެއޮލް މަގާމުން ދުރުކުރުމަށްފަހު ތަހުގީގު ކުރަން ފެށި މައްސަލައާ އެކު އޭނާވަނީ 52 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. އޭގެފަހުން ހާއްސަ ހުއްދައެއްގެ ދަށުން އޭނާ ވަނީ ޖަލުން ދޫކޮށްލައިފައެވެ.

ޔޫން ސުކް ޔެއޮލް އަލުން ޖަލަށް ލާފައިވާއިރު އޭނާގެ މައްޗަށް ވަނީ ދެކުނު ކޮރެއާގެ ގާނޫނާ ހިލާފުވި ކަމާއި ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ތަހުގީގު ފަށައިފައެވެ.