ކުދިންނަށް ފުރައްސާރަކުރުމަށް ސްކޫލު ކުދިންތަކެއް ހިންގަމުންގެންދިޔަ ކޮންފެޝަން ޕޭޖުތަކެއް ފުލުހުން ހުއްޓުވައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބާ ބުލީގެ އަމަލުތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާ ކަމަށެވެ.
"ފާއިތުވެދިޔަ ހަފުތާގައި މާލޭގެ ދެ ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބަ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ޕޭޖުތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން ނަފުސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެފަދަ ޕޭޖުތަކުގައި ޝާއިއުކުރަމުން ގެންދާ ކަމަށެވެ.
އެ މައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށާއި ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އެކަމުގެ ޝިކާރައަކަށް ވެފައިވާ އިރު، އެފަދަ ޕޭޖުތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލު ދަރިވަރުން ކަމަށް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް